logoEN
WAMCO TOP 1
ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުން ހުއްޓައެއް ނުލާ

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުން ހުއްޓައެއް ނުލާ

# އެމްއެންޑީއެފް# ކަނޑުމަތީގެ ހާދިސާ

ފޮޓޯ: އެމްއެންޑީއެފް

‏ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

THE TRAVELLER AD

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށާއި ކަނޑާއި ވައިގެމަގުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން ވަނީ އެލްސީވީ އަޑިޔަށްދިޔަ ސަރަހައްދު ވެސް ޑައިވްކޮށްގެން ބަލާފައި ކަމަށް ބުނެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދިވެސް ފެނިފައި ނުވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC