logoEN
WAMCO TOP 1
ޑާކް ރެއިންގެ 'ޖަންނަތު': އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކޮށްދޭ އަސަރުގަދަ ފިލްމެއް

ޑާކް ރެއިންގެ 'ޖަންނަތު': އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކޮށްދޭ އަސަރުގަދަ ފިލްމެއް

އަލްފާ އަލީ

logo

8/5/2026, 5:19:37 PM

# ޑާކް ރެއިން އެންޓަޓެއިންމަންޓް

'ޖަންނަތު' ގެ ބައެއް ތަރިން

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ އުފެއްދުނ"ޖަންނަތު" ކާމިޔާބު ކަމާއެކު ޕްރިމިއާކޮށްފިއެވެ.

THE TRAVELLER AD

އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު މެސެޖަކާއެކު ގެނެސްދިން މި ފިލްމަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ބެލުންތެރިންގެ ލޮލުން ކަރުނަ ހިލުވައިލި އަސަރުގަދަ މަންޒަރުތަކަކާއެކު ދެއްކި މި ފިލްމަކީ އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ބަލައިގަތުމާއި އަޅާލުން ބޭނުންވާ މިންވަރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ، އިޖުތިމާއީ ބޮޑު މެސެޖެއް އެކުލެވޭ އުފެއްދުމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ 'އިމޯޝަނަލް' ޑްރާމާއަކާއި މުހިންމު އިޖުތިމާއީ މައްސަލައެއް ގުޅުވާލައިގެންނެވެ.

މި ފިލްމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "ޖިބްރާން" ގެ ރޯލުން ފެނިގެންދިޔަ ޝަރަފުގެ މޮޅު އެކްޓިންއެވެ. ޝަރަފްގެ އެކްޓިންއަކީ އިހުސާސްތަކުން ފުރިގެންވާ، އިޚްލާސްތެރި އަދި އެހާމެ ފުން އަސަރުތަކެއް އެކުލެވޭ ކުޅުމެކެވެ. އަދި ފިލްމުގެ ލީޑް ރޯލު "ޖަންނަތު" ކުޅުނު ކުއްޖާ ވެސް ވަނީ އެ ރޯލު ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. މީގެ އިތުރުން، އައިޝަތު ޔާދާ އާއި ކޮޕީ އިއްސެގެ ވަކީލުކަމުގެ ރޯލުތަކަކީ ފިލްމުގެ ކޯޓު ރޫމް މަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނުވައިދިން ބައިތަކެކެވެ. އެ މަންޒަރުތަކުން މިއަދުގެ ހަގީގީ ކޯޓު ރޫމްތަކުގެ މާހައުލު ވަރަށް ފުރިހަމައަށް ސިފަވެގެންދާ ކަމަށް ބެލުންތެރިން ފާހަގަކުރެއެވެ.

މި ފިލްމުން ފެނިގެންދިޔަ އެކްޓަރުންގެ މޮޅެތި އެކްޓިންގެ އިތުރުން، ފިލްމުގެ ޑައިރެކްޝަނާއި ސިނަމެޓޮގްރަފީ ވެސް ވަރަށް ފުރިހަމައެވެ. މަންޒަރުތައް ފްރޭމްކޮށްފައިވާ ގޮތާއި ވާހަކަ ކުރިއަށް ގެންގޮސްފައިވާ އޮމާންކަމުގެ ސަބަބުން، ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ފިލްމުގެ ތެރެއަށް ގެނބިގެންދާ ފަދަ ސިނަމެޓިކް ތަޖުރިބާއެއް ލިބިގެންދިޔައެވެ."ޖަންނަތު" އަކީ ހަމައެކަނި މުނިފޫހިފިލުވައިދޭ ފިލްމެއް ނޫނެވެ. މިއީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހައްގުގައި އަޑުއުފުލައި، އެމީހުންނަށް އިހުތިރާމާއި ލޯތްބާއެކު މުޖުތަމައުން ޖާގަ ހޯދައިދިނުމަށް ގޮވާލާ ވަރުގަދަ މެސެޖެއް ދޭ އުފެއްދުމެކެވެ.

ކޮމެންޓް
ފަހުގެ
HDC