logoEN
WAMCO TOP 1
ޖަންނަތު: އާއިލާ އާއެކު ބަލައިލެވޭނެ ފިލްމެއް

ޖަންނަތު: އާއިލާ އާއެކު ބަލައިލެވޭނެ ފިލްމެއް

އަލްފާ އަލީ

logo

8/1/2026, 4:29:51 AM

# ޑާކް ރެއިން އެންޓަޓެއިންމަންޓް

ޖަންނަތުގެ ރޭޓިންގ

ޑާކް ރެއިން އެންޓަރޓެއިންމެންޓުން މި މަހު ގެނެސްދިނުމަށް ނިންމާފައިވާ ދިވެހި ފިލްމު ޖަންނަތު ޕޭރެންޓަލް ގައިޑެންސް (ޕީޖީ) ރޭޓިންގ ގައި ކްލެސިފައި ކޮށްފިއެވެ.

THE TRAVELLER AD

އަންނަ ހޯމަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއަރކުރާ މި ފިލްމަށް ޕީޖީ ރޭޓިންގ ދިނުމަކީ މި ފިލްމުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށްވާނެއެވެ. އަދި ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަަކަށް އުފާވެރި ޚަބަރަކަށް ވެސް ވާނެއެވެ. އެއީ ޕީޖީ ރޭޓިންގ މި ފިލްމަށް ދިނުމާއެކު ބެލެނިވެރިއެއްގެ އިރުޝާދާއެކު ކުޑަކުދިންނަށް ވެސް ބެލޭނެތީއެވެ.

މި ފިލްމަކީ 2026 ވަނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ފާހަގަކުރެވޭ، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ފެންވަރު ރަނގަޅު އުފެއްދުމެކެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން ނެރުނު މި ލަވައަށް މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

“ޖަންނަތު” އަކީ ތަފާތު ރީތި މަންޒަރުތަކަކާއި އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ހައުސް އިން މައުލޫމާތު ދެޭއިރު، މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ޝަރަފް، ޝުހާ، މުޙައްމަދު ރަޝީދު (ދަރާ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޔާދާ، މުހައްމަދު އަފްރާހް (ކުޑޭ) އަދި އަންޖީ ހިމެނެއެވެ.

މިއީ އައިޝަތު ފުއާދު އާއި އަޙްމަދު ޠަލާލްގެ ސްކްރީން ޕްލޭއަކަށް އުފައްދާ ފިލްމުގެ ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ. އަދި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޢަލީ ޝިފާއު (ޗިއްޕެ)އެވެ.

ދިވެހި ފިލްމް 'ޖަންނަތު' އަތޮޅު ތެރޭގެ ރަށްތަކުގައި އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، 'އައިލެންޑް ސިނަމާ' މެދުވެރިކޮށް މި ފިލްމު އަތޮޅުތަކުގައި އެޅުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި 9111164 ނުވަތަ 7779621 އަށް ވައިބަރ ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC