logoEN
WAMCO TOP 1
ސުވާލުތައް އެޖެންޑާކުރުން ލަސްވުމަކީ އަޅުގަނޑު ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން : މިނިސްޓަރ

ސުވާލުތައް އެޖެންޑާކުރުން ލަސްވުމަކީ އަޅުގަނޑު ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން : މިނިސްޓަރ

# ރައްޔިތުންގެ މަޖިލިސް# އަބްދުالله މުއްތަލިބު

ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ސުވާލުތައް ގިނަވެ ސުވާލުތައް އެޖެންޑާކުރެވޭ ގޮތް ލަސްވުމުގެ ޒިންމާ ނަގަންޖެހޭނީ މިނިސްޓަރު ނޫން ކަމަަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވުމުގެކުރިންނެވެ.

މެމްބަރު ޒާކިރު ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވާއެވެ. މައުރޫފް ވިދާޅުވީ އެ ސުވާލު ކުރުމަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު އަށްވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން މައުރޫފްގެ ސުވާލަށް ޖަވާބުދެއްވަން ފެށްޓެވުމުގެ ކުރިން މިނިސްޓަރ ވަނީ މަޖިލީހުގައި އެމްޑީޕީ މެންބަރުން ކުރައްވާ ސުވާލުތައް އެޖެންޑާކުރުން ލަސްވުމަކީ އޭނާ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީ މަޖިލިސް މެންބަރުންގެ އެންމެ ގިނަ ސުވާލު އަމާޒުވެފައިވަނީ ވެސް މިނިސްޓަރ ޑރ. މުއްތަލިބަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުމަށް ޖުމުލަ 258 ނޯޓިސް ފޮނުވިއެވެ. އޭގެ ތެރެއިން 180 ސުވާލު އަމާޒުވެފައިވަނީ އެންމެ ގިނައިން ސުވާލު ކުރެވުނު އަށް ވަޒީރުންނަށެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުއްތަލިބު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެކަނި ވެސް 56 ސުވާލެއްގެ ނޯޓިސް ފޮނުވައިފައިވެއެވެ.

ތަފާސްހިސާބުތައް އާންމުކުރައްވައި ކުޑޫ ވިދާޅުވި ގޮތުގައި އެ ސުވާލުތަކަކީ ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މެންބަރުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ފޮނުވާފައިވާ ސުވާލުތަކެކެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން އަދިވެސް ގިނަ ސުވާލުތަކެއް ހުރިކަން އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ފަހުގެ
HDC