logoEN
WAMCO TOP 1
ބެލްޖިއަމް އާއި އީޔޫގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ބެލްޖިއަމް އާއި އީޔޫގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

# ދިޔާނާ# ރައްޔިތުންގެ މަޖިލިސް

ދިޔާނާ ސައީދު

ބެލްޖިއަމް އާއި އީޔޫގެ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ.

THE TRAVELLER AD

ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިޔާނާގެ ނަން ފޮނުއްވީ މި މަހުގެ ހަ ވަނަ ދުވަހެވެ. މި މަހުގެ ހަތްވަނަ ދުވަހު އޮތް ޖަލްސާގައި ރިޔާސަތުން ވަނީ ދިޔާނާގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާލާފައެވެ.

މި މަހުގެ 15 ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ ދިޔާނާއަށް ރުހުންދޭން ފެންނަ ކަމަށެވެ. މިއަދު އޮތް ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 52 މެންބަރުން ވެސް ވަނީ ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ދިޔާނާގެ އިތުރުން ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ.

އޭގެ ތެރެއިން އާދަމް ޝަރީފް ޤަތަރުގެ ސަފީރުކަމަށް، އަދި ޠާރިޤް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ސަފީރުކަމަށް ވަނީ އައްޔަންކޮށްފައެވެ.

ދިޔާނާ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމާއި ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަމާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑަރ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ވަނީ ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC