logoEN
WAMCO TOP 1
ފެނަކައިގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފި

ފެނަކައިގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފި

# ރައްޔިތުންގެ މަޖިލިސް# ފެނަކަ# އޭސީސީ# ދިވެހި ފުލުހުންގެ ޚިދުމަތް

ފޮޓޯ: މަޖިލިސް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުހީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

THE TRAVELLER AD

މަޖިލީހުން މިއަދު މިގޮތަށް ފާސްކޮށްފައި މިވަނީ ފެނަކައިގެ އައްޑޫ ސިޓީގައި ހިންގާ ބްރާންޗްތަކާއި ޕްރޮޖެކްޓްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް (2023-2021) ގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.

އެ ރިޕޯޓްގައި ފެނަކައިގެ، ޕްރޮޖެޓްޓުތަކުގެ މަސައްކަތް އިންހައުސްކޮށް ކުރިއަށް ގެންދިއުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާ ވާނެ ގޮތަކީ ކޮބައިކަން ނުބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެކަންތައް ކުރިއަށް ގެންދިޔަ އިރު، ނިންމުންތައް ނިންމުމުގައި އޭރު އޮތް އޮތް ފެނަކަ ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އިސްވެރިން، އެކަމުގައި ޒިންމާ ކުރުވުމަށް ވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އަދި އެކަންތައްތަކާއި ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތަށާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ފެނަކައަށް އެންގުމަށް ވެސް އެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެ މައްސަލަތައް ނިމެންދެން، މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އަންގަންވެސް ހިމަނާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 53 މެންބަރުންގެ އިއްތިފާހުން ފާސްކުރީ ކޮމިޓީ ރިޕޯޓުގައިވާ ގޮތަށް އެކަންކަން ކުރިއަށް ގެންދަން އެ ފަރާތްތަކަށް އެންގުމަށެވެ.

ކޮމެންޓް
ފަހުގެ
HDC