
ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ: މެމްބަރު މަމްދޫހް
# ރައްޔިތުންގެ މަޖިލިސް# އެމްޑީޕީ# ސިޔާސީ# ސިޔާސީ ޕާޓީތައް# ޕީއެންސީފޮޓޯ: މަޖިލިސް
ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރާ މީހުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ ކަަމަށް ބުނެ އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވަމުންނެވެ.
މި ގަރާރުގެ ބަހުސްގައި މެމްބަރު މަމްދޫހު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ތާރީހު އޮތީ އެމްޑީޕީގައި ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމު ބަދަލުވި ފަހުން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ސިޔާސީ ގޮތުން ވަކިކޮށްފައި ވަނީ އެމްޑީޕީގެ ދެ ވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސިވިލް ސަރވިސް މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ހަގީގަތްތައް ފެންނަން އެބައޮތް ކަމަށާއި އެތެރޭގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާ ދިމާކޮށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން އެމްޑީޕީގެ މިދިޔަ ސަރުކާރުން ކުންފުނިތަކަށް ނަގާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހާއްސަކޮށް ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން، މުސާރަ ދިނުމަށްޓަކައި އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގަން ޖެހި، ކުންފުނިތައް ހަލާކުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން މިހާރު ދައްކަމުންދަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅުންހުރި

މާލެ ސަރަހައްދުގައި ކުނި ގިނަވާތީ، އެ ކަމަށް އަވަސް ހައްލެއް ހޯދަން ކައުންސިލަރުން ވެމްކޯއަށް

ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ: މެމްބަރު މަމްދޫހް

ފެނަކައިގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފި




