logoEN
WAMCO TOP 1
ވޯޓު ކުރިއަށްދާނީ އަސާސީ ޤަވާއިދާ އެއްގޮތަށް: ޕީއެންސީ

ވޯޓު ކުރިއަށްދާނީ އަސާސީ ޤަވާއިދާ އެއްގޮތަށް: ޕީއެންސީ

# ޕީއެންސީ

ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވޯޓުލުން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުނެފިއެވެ.

THE TRAVELLER AD

އެޕާޓީގެ މަތީ މަޖިލީހުން ޕާޓީ ނައިބު ރައީސުން ހޮވުމަށް ވޯޓު ނަގާ ގޮތާމެދު ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕީއެންސީ އިން ބުނީ އެ ޕާޓީގެ މަތީ މަޖިލީހާއި ޕާޓީ ޤައުމީ މަޖިލީހާއި ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ނިންމާގޮތް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ޤަވާއިދަކީ ޕާޓީ ވެބްސައިޓުގައި ޝާޢިއުކޮށް މެންބަރުންނާއި، ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ފެންނަން އޮތް ލިއުމެއް ކަމަށެވެ.

ޕީއެންސީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށާއި ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓަކީ ހާމަ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ބުނެއެވެ. އެހެން ކަމުން ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބަށް ހާމަ ވޯޓެއް ނެގުމަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެއް ނޫން ކަމަށް ވަނީ އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައެވެ.

މީގެ އިތުރުން އެ ޕާޓީގެ މަތީ މަޖިލީހުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރަމުން އައިސްފައިވާ ގޮތަށް، އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތައް ކަމުގެ ޔަޤީން ވެސް ވަނީ ދީފައެވެ. އެޕާޓީން ވަނީ ޕާޓީގެ އެތެރޭގެ ހިންގުމާއި ގޫޅޭ ހުރިހާ ކަމެއް ހިންގަމުންދާނީ، ޕާޓީގެ މަތީ މަޖިލީހުން ފާސްކޮށް ޕާޓީގެ އަސާސީ ޤަވާއިދާއި އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގައި ޢަމަލުކުރާ އުސޫލްތަކާއި އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ކަމުގެ ޕީއެންސީން ވަނީ އެ ޕާޓީގެ މެންބަރުންނަށް ޔަޤީންކަން ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC