
ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވަރަށް ވާދަވެރި - މިހާރުވެސް 7 ފަރާތެއްގެ ޝައުގުވެރިކަން
# ޕީއެންސީފޮޓޯ: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަވެރިކަން ބޮޑު، 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ޕީއެންސީ އިން ހާމަކޮށްފައިވާ ގޮތުގައި ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ފިޝަރީޒް މިނިސްޓަރު ޝިޔާމް އަދި، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ހިމެނެއެވެ.
ޕީއެންސީގެ މިހާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރު، އެ ޕާޓީގައި މި ވަގުތު 6 ނައިބު ރައީސުން ތިބިއިރު އޭގެ ތެރޭގައި މިހާރު ވެސް މަގާމު އަދާކުރައްވަމުން ގެންދަވާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާއި މުހައްމަދު ސައީދާއި، އަހުމަދު ޝިޔާމް އާއި އިބްރާހިމް ޝުޖާއު އަދި، މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. އެ ޕާޓީން ބުނީ މި މަސައްކަތްތަކަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.
އެ ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނީ ޕާޓީގެ މަތީ މަޖިލީހުން ކަމަށް ވީ އިރު، އެ މަގާމުތަކަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.
ގުޅުންހުރި

ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވަރަށް ވާދަވެރި - މިހާރުވެސް 7 ފަރާތެއްގެ ޝައުގުވެރިކަން

ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ: މެމްބަރު މަމްދޫހް

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހިނގި ހަމަނުޖެހުމުގެ ޒިންމާ އެ ޕާޓީން ނަގައިފި




