logoEN
WAMCO TOP 1
މޫސުމީ ލަފާކުރުން: މި ހަފުތާ ނިމެންދެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ

މޫސުމީ ލަފާކުރުން: މި ހަފުތާ ނިމެންދެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ

# މެޓް އޮފީސް# މޫސުން

މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް

މިއަދުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ކުރިން އުންމީދު ކުރެވުނު ނަމަވެސް، މި ހަފުތާ ނިމެންދެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ފަހުގެ ލަފާކުރުންތަކުގައި ބުނެފިއެވެ.

THE TRAVELLER AD

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް އަންގާރަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. ބުދަ އަދި ބުރާސްފަތި ދުވަހު ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާއިރު، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ހުކުރާއި ހޮނިހިރު ދުވަހު ވެސް ބައެއް ރަށްތަކަށް ވާރޭ ކެރި ފޯރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. ނަމަވެސް އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އެހެންނަމަވެސް އެހެން ސަރަހައްދުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން އެދެއެވެ.

ކޮމެންޓް
ފަހުގެ
HDC