
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ އިން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި
# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުންމޫސުން ގޯސް ދުވަހެއް
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ.އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މިރޭ އިރުއޮއްސި 19:30 އިން ފެށިގެން ދަންވަރު 00:30 އާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮޮށް ޔެލޯ އެލާޓް ނެރިފައިވާ ކަމަށެވެ.
މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މެޓުން ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައިގަދަވުމާއެކު ކަނޑުތައް ނުތަަނަވަސްވެ ވިއްސާރަކުރާނެކަމަށް ލަފާކޮށްފަ އެވެ. އަދި ކޮންމެހެން އަރަންޖެހިގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ އިން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް ނަގަން ފަށައިފި




