
މޫސުން ގޯސް ދުވަހެއް- ފޮޓޯ: ގާފު
މިހާރު ކުރަމުންދާ ވިއްސާރާގައި ނ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މި ސަރަހައްދަށް މިއަދު 14:30 އިން ފެށިގެން 19:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް މެޓުން ބުންޏެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓުން ވަނީ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރިފަ އެވެ. އެގޮތުން މެޓުން ވަނީ މިއަދު 11:45 އިން އިރުއޮއްސި 18:00 އަށް އުތުރުގެ އަތޮޅުތަކަށްވެސް ހުދު ސަމާލު ނެރިފަ އެވެ.






