logoEN
WAMCO TOP 1
ކުޑަހުވަދޫގައި ބާއްވާ އަށިފަންނު މާކެޓް ފަށައިފި

ކުޑަހުވަދޫގައި ބާއްވާ އަށިފަންނު މާކެޓް ފަށައިފި

# ބީސީސީ# ކުޑަހުވަދޫ ކައުންސިލް# ދ. ކުޑަހުވަދޫ

ކުޑަހުވަދޫގައި ބާއްވާ އަށިފަންނު މާކެޓް ތެރެއިން

ދ.ކުޑަހުވަދޫގައި ބާއްވާ އަށިފަންނު މާކެޓް ފަށައިފި އެވެ.

THE TRAVELLER AD

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ކުޑަހުވަދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މާކެޓް މިއަދު ހަވީރު ވަނީ ފަށާފަ އެވެ.

މިއީ ކުޑަހުވަދޫގެ މަސައްކަތްތެރިންނާއި، ޒުވާނުންގެ މަސައްކަތްތަކާއި، ކާބޯތަކެތީގެ މީރު ބާވަތްތައް އެއްތަނަކުން ލިބޭނެހެން ކުޑަހުވަދޫ ކައުންސިލް އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ މާކެޓެވެ.

އެހެންކަމުން ރަށުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ މި މާކެޓްގައި ރަށުގެ ރައްޔިތުންގެ ފަރާތުން ތަރުހީބު ދިނުމަކީ ކައުންސިލްގެ އެދުމެކެވެ. އަދި ހަމައެއާއެކު މަސައްކަތްތެރިންގެ މަސައްކަތްތައް ބައްލަވާލާ އެކަމަށް ތަރުހީބު ދިނުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

މި މާކެޓް ދ.އަތޮޅުގެ ތައުލީމީ މަރުކަޒުގައި ކުރިއަށްދާއިރު، މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 އަށް ކުރިއަށްގެންގޮސްފައިވާއިރު، މިރޭ 20:00 އިން ފެށިގެން 22:00 އަށްވެސް މި މާކެޓް ކުރިއަށްދެ އެވެ.

ކުޑަހުވަދޫއަކީ އަބަދުވެސް ތަފާތު ހުނަރުވެރިން އުޅޭ ރަށަކަށްވާއިރު، އަމިއްލަ މަސައްކަތުން ތަކެތި ތައްޔާރުކޮށްގެންވެސް އާމްދަނީ ހޯދަ އެވެ.

ކޮމެންޓް
ފަހުގެ
HDC