logoEN
WAMCO TOP 1
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅައިފި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅައިފި

# ދިވެހީން އުފެއްދުންތެރިކަމުގެ މައުރަޒު 2026# ބީސީސީ

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން

މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އެދި މިހާތަނަށް 350 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.

THE TRAVELLER AD

ބީސީސީން ބުނީ މި އަހަރުގެ މައުރަޒުގައި ބައިވެރިވާން 350 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާއިރު، މިއީ މިދިޔަ އަހަރު ބައިވެރިވި 240 މީހުންނާ ބަލާފައި ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ހިދުމަތްތައް ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މި މައުރަޒުގައި ބައިވެރުވުމުގެ ފުރުސަތު 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ތައުލީމީ މުއައްސަސާތަކާއި، ކައުންސިލުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރު އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެހެންކަމުން ބީސީސީގެ އަމާޒަކީ މިއަހަރުގެ މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށާއި، މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުސަތަށް ހެދުމެވެ.

ބީސީސީން ވަނީ ދިވެހި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ފުރުސަތުގެ ބޭނުން އަވަހަށް ހިފުމަށް އިލްތިމާސްކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަހަރުގެ މި މައުރަޒު އޮކްޓޯބަރު މަހުގެ 23 އިން 31 ވަނަ ދުވަހާ ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވަނީ expo.mv ޕޯޓަލް މެދުވެރިކޮށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އާ އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.

މި މައުޒަރަށް މީގެކުރިންވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެކި ހިސާބުތަކުގެ ތަފާތު ދިވެހީންގެ އުފެއްދުންތެރިކަން ފެނިގެންދާ ތަކެއްޗާއި ކަންކަން ފެނިގެންގޮސްފައިވެ އެވެ.

ކޮމެންޓް
ފަހުގެ
HDC