logoEN
WAMCO TOP 1
މޫސުމުން ގޯސްވުމުގެ ސަބަބުން  އެހީތެރިކަމެއް ބޭނުންނަމަ، އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅުމަށް އެދެފި

މޫސުމުން ގޯސްވުމުގެ ސަބަބުން އެހީތެރިކަމެއް ބޭނުންނަމަ، އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅުމަށް އެދެފި

# މޫސުމާއިބެހޭ ގައުމީ އިދާރާ# އެޗްޑީސީ# މޫސުން

މޫސުން ގޯސް ދުވަހެއް

މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޯލް ސެންޓަރަށް ގުޅުމަށް އެދެފި އެވެ.

THE TRAVELLER AD

އެޗްޑީސީން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއްގައި އެހީއެއް ބޭނުންވާނަމަ ލަސްނުކޮށް ކޯލް ސެންޓަރަށް ގުޅުއްވުމަށެވެ. އަދި އެޗްޑީސީގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1516 އެވެ.

މީގެއިތުރުން އެޗްޑީސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމާއި، އެކަކު އަނެކަކަށް އެހީތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.

މެޓުން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ސަމާލުތައް ނެރިފަ އެވެ. އަދި ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މެޓުންނާއި ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC