ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ނަމަވެސް ކަޓުވާލުމަށްފަހު ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބު ސެމީއަށް
# އެމްޖީ ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރު # ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026ޓީމު ނަމަވެސް އާއި އެސްޕީއެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ކާށިދޫގައި މިހާރު ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ޓީމު ނަމަވެސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި އެސްޕީއެސްސީ އެންމެ ފުރަތަމަ ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން އެމްޖީ ފުޓްބޯޅަ ޓީމު އަތުން ބަލިވެފައިވާއިރު. ޓީމު ނަމަވެސްގެ ފުރަތަމަ މެޗުގައި އެމްޖީ ފުޓްބޯޅަ ޓީމު އަތުން އެޓީމު ބަލިވީ 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެސްޕީ އެސްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެސްޕީއެސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެސްޕީއެސްސީގެ އަބާން މުހައްމަދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ޝަމާލް، އަހުމަދު މަޖީދު، ޖައިލަމް ޖަމީލް އަދި އަހުމަދު އިކްރާމް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕީއެސްސީގެ އަބާން މުހައްމަދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕީއެސްސީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ޓީމު ނަމަވެސް މުބާރާތް ނިންމާލީ ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެެވެ.
މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ. އަދި ގުރޫޕް ސީގެ މިމެޗުގައި އެންޖީ ސްޓާޓިން އާއި ކުލަބު ފުލަޔާސް ވާދަކުރާއި، މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށް މިމެޗަކީ ފްލަޔާސްއަށް މޮޅުވުން މަޖުބޫރު މެޗެކެވެ
ގުޅުންހުރި
ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ނަމަވެސް ކަޓުވާލުމަށްފަހު ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބު ސެމީއަށް

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ފްލަޔާސް އާއި އީއެން ފޯރިގަދަ ކުރިމަތިލުން އެއްވަރު




