
އާޚިރަތް ދުވަހުގެ ހިސާބުކިތާބަށް ތައްޔާރުވުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ
# ހުތުބާ# ހުކުރު ޚުތުބާހުކުރު ނަމާދު ކުރަނީ
އާޚިރަތް ދުވަހުގެ ހިސާބުކިތާބަށް ތައްޔާރުވުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

އެއްވެސް ޢަމަލެއް ވަންހަނާނުކުރެވޭނެކަން ހަނދާންކޮށްދީ ހުތުބާގައި ބުނީ ކޮންމެ މީހަކު ކުރި ކުޑަ އަދި ބޮޑު ކަންތައްތައް ހިމެނޭ ފަތް ހުޅުވާލެވޭނެ ކަމަށެވެ. އެ ހިނދު ކުށްވެރިން އެ މީހުންގެ އަމިއްލަ ނަފްސުގެ ހިސާބު ބެލެވޭ ހިނދު އިންތިހާއަށް ބިރުގަންނާނެ ކަމަށް ވެސްވަނީ ބުނެފައެވެ.
މީގެ އިތުރުން ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވާނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެ، އެކަލާނގެ ދެކެ ލޯބިވި މީހުން ކަމަށާއި އެ ދުވަހުން މީސްތަކުން ދެބަޔަކަށް ބެހިގެންދާއިރު، އުފާވެރިކަމުން މޫނުތައް އަލިވެފައިވާ ބަޔަކާއި، ބިރުވެރިކަމާއި ހިތާމައިގައި މޫނުމައްޗަށް ކަޅުކަންވެރިވެފައިވާ ކާފިރުން ތިބޭނެކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
“ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޟޫއަށް ޚާއްޞަކޮށްފައިވާ ހުތުބާގައި ޤިޔާމަތް ދުވަހު އިންސާނާ ދުނިޔޭގައި ކުރި ކަންކަމާމެދު ސުވާލުކުރެވޭ ހިނދު ކުށްތައް ފޮރުވަން މަސައްކަތް ކުރިޔަސް އެކަން ނުކުރެވޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި އެ ދުވަހުން އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާގެ އަތްފައިގެ އިތުރުން ކަންފަތާއި ލޯ އަދި ހަންގަނޑުވެސް ކުރެވުނު ކަންކަމަށް ހެކިދޭނެކަން ތަކުރާރުކޮށް ހަނދާންކޮށްދިނެވެ.
ހުތުބާ ނިންމާލަމުން ވަނީ ޝައިޠާނާގެ ކެހިވެރިކަމަށް ނުހެއްލި، ފާފަތަކަށް ތައުބާވެ ހެޔޮ ކަންކަމުގައި އަވަސްވެގަތުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަޤީޤީ ނަޞީބުވެރިއަކީ ނަރަކައިން މިންޖުވެ، ސުވަރުގޭގެ ނަޢީމް ލިބުނު މީހާކަން ހަނދާންކޮށްދީ، މާތް ﷲގެ ރަޙުމަތަށް އެދި ދެންނެވުމަށް ގޮވާލިއެވެ.
ދުނިޔޭގައި އުޅޭއިރު މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދި، އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ޤިޔާމަތް ދުވަހުން އޮތީ އަޒާބާއި ހިތާމަ ކަމަށާއި، އެ ދުވަހުގެ ބިރުވެރިކަމުން މިންޖުވުމަށްޓަކައި ހެޔޮ ޢަމަލުތައް ގިނަކޮށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ގުޅުންހުރި

އާޚިރަތް ދުވަހުގެ ހިސާބުކިތާބަށް ތައްޔާރުވުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ

ޖުވާ ހުއްޓުވުމަށް ޤާނޫނު ހަދާ އަދި ގާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ޒިންމާ ބޮޑު - ހުތުބާ

މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި ފަދަ މަސައްކަތްޕުޅެއް - ހުތުބާ
.webp&w=3840&q=75)



