
އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ކުންފުނީގެ ބޯޑަށް ނަޒުލީނާ އައްޔަންކޮށްފި
# އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޑެޓް# ޕީސީބީއިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ކުންފުނީގެ ބޯޑަށް އައްޔަންކުރި ނަޒުލީނާ
އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑަށް މަރްޔަމް ނަޒުލީނާ އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ވަނީ މިކަން ރަސްމީކޮށް އިއުލާންކޮށް ޕޯސްޓުކޮށްފަ އެވެ.
ޕީސީބީ އިން ބުނީ ނަޒުލީނާ އައްޔަންކޮށްފައިވަނީ އެ ކުންފުނީގެ ބޯޑުގެ އެކައުންޓިންގް އެންޑް ފައިނޭންސް ޑިޕާޓްމަންޓަށެވެ.
ނަޒުލީނާ އަކީ ފައިނޭންޝަލް ރިޕޯޓިންގް، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ފައިނޭންސް، ޕަބްލިކް ސެކްޓާ އެކައުންޓިންގް ދާއިރާގެވެސް ފަންނީ ބޭފުޅެކެވެ.
މީގެއިތުރުން އޭނާ މިހާރު ދަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓުގެ މަގާމު އަދާކުރަމުންނެވެ. ހަމައެއާއެކު ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒުލީނާ ވަނީ، ސެޕް އެފް.އައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކޮށްފަ އެވެ.





