logoEN
WAMCO TOP 1
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޙާރިޘް އައްޔަންކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޙާރިޘް އައްޔަންކޮށްފި

# އެމްޓީޑީސީ# ޕީސީބީ

ފޮޓޯ: ޕީސީބީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ޙާރިޘް މުޙައްމަދު އައްޔަންކޮށްފިއެވެ.

THE TRAVELLER AD

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ޙާރިޘް މުޙައްމަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ޙާރިޘް މުޙައްމަދަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި މާކެޓިންގގ އާއި ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށް ވުރެ ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ. އޭނާ ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރު ކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން އަދާކުރައްވައިފައެވެ.

ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ. އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓުގެ ފެލޯޝިޕް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC