logoEN
WAMCO TOP 1
ސަރުކާރު ކުންފުނިތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމަށް އެއްގޮތް އުސޫލެއް ކަނޑައަޅައިފި

ސަރުކާރު ކުންފުނިތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމަށް އެއްގޮތް އުސޫލެއް ކަނޑައަޅައިފި

# ޕީސީބީ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި އެ ތަންތަނުގެ ދަށުން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދޭނެ ހަމަހަމަ އުސޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާންމުކޮށްފިއެވެ.

THE TRAVELLER AD

މި އާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ޕީސީބީން ހާމަކުރި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ. މި އާ މިންގަނޑުގައިވާ ގޮތުން، އިތުރުގަޑީގެ ފައިސާ ދެވޭނީ ރަސްމީ ގަޑީގެ އިތުރުން ހަފުތާއަކު 48 ގަޑިއިރަށް ވުރެ ގިނައިން މަސައްކަތްކުރާ މުވައްޒަފުންނަށް އެކަންޏެވެ.

މިހާރު އިތުރުގަޑީގެ ފައިސާ ދެމުންދާ ކުންފުނިތަކުން، އެ ކުންފުންޏެއްގެ މިހާރުގެ އުސޫލާއި ޕީސީބީގެ އާ މިންގަނޑު އަޅާކިޔައި، ހަރަދު އެންމެ ކުޑަވާނެ ގޮތަކަށް އުސޫލުތައް ބަދަލުކުރަން ޕީސީބީން ވަނީ އަންގައިފައެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސް އިތުރުގަޑީގެ ގޮތުގައި ދެވޭނެ އެންމެ މަތީ އަދަދެއް ކަނޑައަޅަން ޖެހޭނެ ކަމަށް އެ ބޯޑުން ބުނެއެވެ.

މީގެ ކުރިން ކުންފުނިތަކުން އިތުރުގަޑީގެ ފައިސާ ދިނުމުގައި އެއްގޮތް އުސޫލެއް ނެތުމުގެ ސަބަބުން، ބައެއް ކުންފުނިތަކުގެ ބަޖެޓުގެ ބޮޑު ބައެއް މިކަމަށް ހޭދަވާކަން ވަނީ ފާހަގަކުރެވިފައެވެ. އޮޑިޓް ރިޕޯޓުތަކުން ދައްކާގޮތުގައި، ބައެއް މުވައްޒަފުން އިތުރުގަޑީގެ ފައިސާ ހޯދުމަށް ގަސްތުގައި މަސައްކަތް ލަސްކުރުމާއި، ސިޔާސީ ނުފޫޒުން މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ވަނީ ގޯސްވެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މުޅި ދައުލަތުގެ ކުންފުނިތަކަށް އެއް މިންގަނޑެއް ތައާރަފުކުރުމަކީ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މުޅި ދައުލަތުގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC