logoEN
WAMCO TOP 1
މިނިވަން ދުވަހާ ގުޅިގެން އައިޖީއެމްއެޗް ސްޕެޝަލިސްޓް އޯޕީޑީގެ ހިދުމަތް ބަންދު

މިނިވަން ދުވަހާ ގުޅިގެން އައިޖީއެމްއެޗް ސްޕެޝަލިސްޓް އޯޕީޑީގެ ހިދުމަތް ބަންދު

# އައިޖީއެމްއެޗް# މިނިވަން ދުވަސް

އައިޖީއެމްއެޗް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސްޕެޝަލިސްޓް އޯޕީޑީގެ ހިދުމަތް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

THE TRAVELLER AD

އައިޖީއެމްއެޗުން ބުނީ މިނިވަން ދުވަހާ ގުޅިގެން ސްޕެޝަލިސްޓް އޯޕީޑީގެ އިތުރުން އެހެނިހެން ހިދުމަތްތައްވެސް ބަންދުވާނެ ކަމަށެވެ.

މި ހިދުމަތްތައް ބަންދުވާނީ މާދަމާ އަދި 27 ވަަނަ ދުވަހު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް މި ދެދުވަހުވެސް އައިޕީޑީ އަދި އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް ހޮސްޕިޓަލުން ފާހަގަކުރި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ވަނީ ކުލަގަދަ ހަރަކާތްތައް ފެށުމަށް ތައްޔާރީތައް ވެފައެވެ. އަދި މާލެ ސަރަހައްދުގައި މިހާރުވެސް ވަނީ މި މުނާސަބަތުގެ ހަރަކާތްތައް ފަށާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC