
ބ. މާޅޮސް ބަނދަރު
ބ. މާޅޮސް ބަނދަރުހެދުމުގެ މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ މިހާރު އޮތް ބަނދަރު ފުންކުރުން – 11,044 ކިއުބިކް މީޓަރ، އައު ބަނދަރު ފުންކުރުން – 46,194 ކިއުބިކް މީޓަރ، މިހާރު އޮތް ޗެނަލް ފުންކުރުން – 1,529 ކިއުބިކް މީޓަރ، ބޯޓު ބީޗިންގ އޭރިއާ ފުންކުރުން – 11,709 ކިއުބިކް މީޓަރ، ޗެނަލް ބްރޭކްވޯޓަރ – 81 މީޓަރ، ބަނދަރު ބްރޭކްވޯޓަރ – 221 މީޓަރ، ރިވެޓްމަންޓް – 453 މީޓަރ، ގްރޮއިން – 40 މީޓަރ، އެއްގަމު ތޮށި – 510 މީޓަރ، ސްކަވަރ އެޕްރަން – 510 މީޓަރ އެވެ.
މީގެ އިތުރުން މޫރިންގ ބޯއި – 11 ނަންބަރ، ރޭމްޕް – 11 މީޓަރ 11 މީޓަރ، ނެވިގޭޝަން ލައިޓު – 2 ނަންބަރ، ބަނދަރު ލައިޓު – 19 ނަންބަރ، ޕޭވްމަންޓް – 2,365 އަކަ މީޓަރ އަދި ކާބް – 363 މީޓަރ ވެސް ހިމެނެއެވެ.





