ބަހުގެ ސޯސަން ރޫޓާއި އޯކިޑް ރޫޓުގެ ދަތުރުތައް ކުރީގެ ތާވަލާއެއްގޮތައް ކުރަން ފަށައިފި
# އެމްޓީސީސީ# ބަހުގެ ހިދުމަތްއެމްޓީސީސީ ބަސް
މާލެ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ހުޅުވައިލުމާއެކު، ބަހުގެ ހިދުމަތް ސޯސަން ރޫޓާއި އޯކިޑް ރޫޓުގެ ދަތުރުތައް ކުރީގެ ތާވަލާއެއްގޮތަށް ކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އާރްޑީއެލް މާލެ ބަހުގެ ހިދުމަތުގައި ހިމެނޭ އާރް10 (އޯކިޑް ރޫޓް) އަދި އާރް12 (ސޯސަން ރޫޓް) ގެ ދަތުރުތައް ކުރިއެކޭ އެއްގޮތަށް ކުރަން ފަށާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން މި ދެ ރޫޓްގެ ބަސްތައް ދަތުރުކުރަމުންދާނީ ކުރީގެ ތާވަލާ އެއްގޮތައް، ބޮޑުތަކުރުފާނު މަގުން ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އެދިފައިވެ އެވެ.






