
މިނިވަން ދުވަހާ ގުޅިގެން ބަހުގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެންނަނީ
# އެމްޓީސީސީ# ބަސް ދަތުރު# މިނިވަން ދުވަސްއެމްޓީސީސީ ބަސް
މިއަހަރުގެ މިނިވަން 61 ވަނަ އަހަރުގެ މުނާސަބަތާ ގުޅިގެން ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މާދަމާ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު، ހެނދުނު 6 އިން އިރުއޮއްސި 6 ޖެހުމާހަަމައަށް އިވެންޓް ނިމެންދެން ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
މި ވަގުތުތަކުގައި ބަހުގެ ރޫޓުގެ ހިދުމަތް މެދުކަނޑާލާނީ އޯކިޑް ރޫޓް (ރޫޓް 10) އަދި އަމީނީ ރޫޓް (ރޫޓް 11) ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެއިތުރުން އެމްޓީސީސީން ބުނީ މާދަމާ އިރުއޮއްސި 6 އިން ފެށިގެން އިވެންޓް ނިމެންދެން ރޫޓް 2 އަދި ރޫޓް 8 ގެ ބަސް ކާނިވަލަށް ދަތުރުނުކުރާނެ ކަމަށެވެ. އެހެންކަމުން ކާނިވަލް ބަހުގެ ރޫޓް 2 އަދި ރޫޓް 8 ގެ ބަހުގެ ދަތުރުތައް މާފަންނު ބަސް ޓާމިނަލަށް ނިންމާލިނަމަވެސް، މި ރޫޓްތަކުން ކުރާ ދަތުރުގައި ރޫޓް 1 ގެ ބަސް ހުއްޓިތަކަށްވެސް މަޑުކުރާނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީން ބުންޏެވެ.
ގުޅުންހުރި

މިނިވަން ދުވަހާ ގުޅިގެން ބަހުގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެންނަނީ

ހުޅުމާލޭގައި މާލެ ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރައީސް އަރިހަށް އިހްތުިރާމުގެ ޒިޔާރަތެއް ކުރައްވައިފި




