logoEN
WAMCO TOP 1
ލ. ގަމުން ގެއްލުނު މީހާ ފެނިއްޖެ؛ އޮތީ ޖޯއްޔެއްގައި

ލ. ގަމުން ގެއްލުނު މީހާ ފެނިއްޖެ؛ އޮތީ ޖޯއްޔެއްގައި

# ދިވެހި ފުލުހުންގެ ޙިދުމަތް# ލ. ގަން ކައުންސިލް# ލ. ގަން# އެމްއެންޑީއެފް

ލ. ގަން

ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ، އެ ރަށު ގޮނޑުދޮށާ ކައިރި ހިސާބެއްގައި ހުރި ޖޯއްޔެއްގައި އޮއްވައި ފެނިއްޖެއެވެ.

THE TRAVELLER AD

އޭނާ ފެނިފައިވާ ކަމަށާއި، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ބެލެވޭ ކަމަށް ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު މައުލޫމާތު ދެއްވައެވެ.

ކައުންސިލުން މީގެ ކުރިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސަލާމަތުން ހުއްޓާ ފެނިފައިވާކަން ކައުންސިލުން ވަނީ މިއަދު އިރުއޮއްސި 6:30 ހާއިރު މީސްމީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

އަފްސަލް ބަޔާންކުރެއްވި ގޮތުގައި، މި ޒުވާނާ ހޯދުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި، ފުލުހުން އަދި ސިފައިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އޭނާ ފެނިފައިވަނީ 10 މީހުންގެ ގްރޫޕުތަކަށް ބަހާލައިގެން ރަށް ބަލަމުން ދަނިކޮށް، އިރުއޮއްސެން އުޅެނިކޮށް ރަށުގެ ދެކުނު ފަރާތު އަތިރިމައްޗާ ކައިރީގައި އޮތް ވިނަގަނޑެއްގެ ތެރޭގައި ހުރި ޖޯލިފައްޗެއްގައި އޮއްވައެވެ.

ސިފައިންނަށް މި ޒުވާނާ ފެނުމާއެކު، އާންމުކޮށް މިފަދަ ހާލަތްތަކުގައި އަމަލުކުރާ އުސޫލުން އޭނާގެ ސިއްހީ ހާލަތު ވަޒަންކުރުމަށްޓަކައި ވަނީ ގަމު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާރު ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި އޭނާއަށް ބޭނުންވާ ޓެސްޓުތައް ހަދަމުންދާއިރު، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އޭނާގެ ހާލު ރަނގަޅެވެ.

އާއިލާއާ ހަވާލާދީ ކައުންސިލުން ބުނެފައިވަނީ އެ ޒުވާނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ ދަންވަރު 12 ޖެހި ހާއިރު ކަމަށެވެ. ނަމަވެސް، އޭނާގެ ހަބަރެއް ނުވެ އެހާ ގިނައިރުވީ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް
ފަހުގެ
HDC