
އުކާލަންޖެހޭ ބައި މަދުކުރެވޭނެ މަދުކުރެވޭނީ ބޭހުގެ ފޯކާސްޓް ރަނގަޅު ކުރެވިގެން: ޑރ. ޝާހް
# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންރާއްޖޭގެ ފާމަސީއެއް
އުކާލަންޖެހޭ ބައި މަދުކުރެވޭނެ މަދުކުރެވޭނީ ބޭހުގެ ފޯކާސްޓް ރަނގަޅު ކުރެވިގެން ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޑރ. ޝާހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި ބޭނުންވާ ބޭހުގެ އަދަދު ދެނެގަނެ ކުރިއާލާ ބޭހަށް އޯޑަރު ޖަހައިފިނަމަ, އެ ބޭހުގެ މުއްދަތު ހަމަވާ ތާރީޚް ވެސް ދިގުމުއްދަތަކަށް ލިބިގެންދާނެކަމަށެވެ. އެގޮތުން 1 އަހަރަށް ނުވަތަ 2 އަހަރަށް މުއްދަތު ހަމަވާ ބޭސް ދުރާލާ ގެނެވިއްޖެނަމަ މުއްދަތު ހަމަވާ ބޭހުގެ އަދަދުވެސް ކުޑަވަގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުުރުން ރާއްޖޭގައި މުއްދަތު ހަމަވެގެން އުކާލާ ބޭސް %10އާއި %20 އާ ދެމެދެއްގައި އުޅޭކަމަށާއި ނަމަވެސް ބޭހުގެ ކަންކަން ގާތު ބަލާ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބޭހުގެ ބައި މަދުވެގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ދުރާލާ ގެނެވޭނަމަށް އެ ހުސްނުވެ ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ވަކި ކުންފުންޏެއް އުފެއްދުމުން ބޭހުގެ އަގުކޮންޓްރޯލްކުރުމަށް ވެސް ފުރުސަތުލިބޭނެކަމަށާއި އެއާއެކު އެހެން ފާރާތްތަކަށް ޑިޕެންޓް ނުވެ ބޭސް ލިބުމުގެ ފުރުސަތު ބޮޑުވާނެކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
ހަމަމިއާއެކު އާސަންދައިން ކުރާ ހޭދައަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި ރާއްޖޭގައި ސއްިހީ ދާއިރާގެ ޖުމުލަ ބަޖެޓުގެ ތެރެއިން %30 އަކީ ބޭހަށް ކުރާ ޚަރަދުކަމަށާއި މިއީ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖެފަދަ ކުޑަ ޤައުމަކުން ބޭހަށް ކުރާ ބޮޑު ޚަރަދެއްކަން ފާހަގަކުރެއްވިއެވެ.ރާއްޖެއިން ބައެއް ބޭސް ނުލިބުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއްކަމަށްވުމުން އެކަން ހައްލުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ސިއްޙީ ދާއިރާގައި މިވީ އަހަރުތަކުގައި އެކި ގޮތްގޮތުން ކުރިއަރައިގެން ދިޔަނަމަވެސް ބޭސް ނުލިބުން ފަދަ ކަންކަމުގެ މައްސަލައޮތްއިރު މިވީ އަހަރުތަކުގައި މިކަން ހައްލުކުރުމަށް އެދެވޭ މަސައްކަތްތައްކެއް ކުރެވިފައި ނެތެވެ. އެހެންކަމުން އަދުގެ ސަރުކާރުން ނެގި ފިޔަވަޅަކީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް ކުރިއަށް ދިއުމުގައި އެޅި މުހިއްމު ބިންގަލެކެވެ.
ގުޅުންހުރި

އުކާލަންޖެހޭ ބައި މަދުކުރެވޭނެ މަދުކުރެވޭނީ ބޭހުގެ ފޯކާސްޓް ރަނގަޅު ކުރެވިގެން: ޑރ. ޝާހް

ފާމަސީ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓޭޓް ފާމާއާއި އެމްއެންޔޫއިން މަޝްވަރާކޮށްފި

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ހާއްސަ ޕޯޓަލެއް




