
ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ހާއްސަ ޕޯޓަލެއް
# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންބޭސްފިހާރައެއް
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް ފަސޭހަކަމާއެކު ބަލާލެވޭނެ ހާއްސަ ޕޯޓަލެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.

ސްޓޭޓް ފާމާ އިން ބުނީ މި ޕޯޓަލްގެ މަސައްކަތް ވަރަށް ހަލުވުކަމާއެކު ކުރިއަށްދާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހު އިފްތިތާހު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ޕޯޓަލް ހެދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭސް ހޯދުމުގައި އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި މިއީ ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމުގެ ސަބަބުން ގިނަ ބަޔަކު ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ބުނެއެވެ.
އެކުންފުނިން ހާމަކުރި ގޮތުގައި ކުންފުނިން ކުރާ މަސައްކަތަކީ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތެވެ. އަދި ބޭސް ލިބެން ހުންނަ ތަންތަން ނޭނގުމަކީ އާންމުންގެ ބޮޑު ޝަކުވާއެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
އަލަށް ތައާރަފުކުރާ މި ޕޯޓަލް ފަރުމާކުރަމުންދަނީ ކޮންމެ ތާކު ހުރެގެންވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި، އެ ބޭސް ލިބެން ހުންނަ އަގުތައް ވަގުތުން ބަލާލެވޭނެ ގޮތަށެވެ. މީގެ ސަބަބުން ބޭސް ހޯދުމަށް އެކި ފާމަސީތަކަށް ދިއުމުގެ ބަދަލުގައި، ފަސޭހަކަމާއެކު މައުލޫމާތު ސާފުކޮށްލެވޭނެއެވެ.
މި ޕޯޓަލް ލޯންޗުކުރުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފާމަސީތަކުގެ ސްޓޮކް މައުލޫމާތު އެނގި، ބޭސްފަރުވާގެ ކަންކަމުގައި އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ހާއްސަ ޕޯޓަލެއް

އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ، އެ މަސައްކަތް ފަށައިފިން: ޑރ. ޝާހު މާހިރު

ބޭސް ލިބުމުގެ ދަތިތައް ހައްލުވާނީ ބޭނުންވާ ބޭސް ދުރާލާ އެނގިގެން: ޑރ. ޝާހް




