
އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ، އެ މަސައްކަތް ފަށައިފިން: ޑރ. ޝާހު މާހިރު
# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން# ފާމަސީތައް# ފާމަސީޑރ. ޝާހް މާހިރު
އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ ކަމަށާއި އެ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝާހު މާހިރު ފާހަގަކުރެއްވި ގޮތުގައި، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ގޮންޖެހުމަކީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑާ މައްސަލައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ބާވަތްތަކެއް ރާއްޖެއިން ފަސޭހަކަމާއެކު ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފަންނީ ގިނަ މަސައްކަތްތަކެއް ބޭނުންވާ ކަމަކަށްވާތީ، ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ފުރިހަމަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ދިމާވެގެން އުޅޭ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސްޓޭޓްފާމާއިން ކުރަމުންދާ އިތުރު މަސައްކަތުގެ ތަފްސީލުވެސް ޑރ.ޝާހު މާހިރު ހިއްސާކުރެއްވިއެވެ. އެގޮތުން، ދުރާލައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ބޭސް ގަނޑުކޮށް ގަނެ، ސްޓޮކް މަދުވުމުން ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކުރަމުން އައި ނަމަވެސް، ކުރިޔަށް އޮތް ތަނުގައި ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް އެތެރެކުރާނެކަމަށެވެ.
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފައެވެ.
ގުޅުންހުރި

އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ، އެ މަސައްކަތް ފަށައިފިން: ޑރ. ޝާހު މާހިރު

ބޭސް ލިބުމުގެ ދަތިތައް ހައްލުވާނީ ބޭނުންވާ ބޭސް ދުރާލާ އެނގިގެން: ޑރ. ޝާހް

ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސްޓޭޓްފާމާގެ ޚާއްސަ ހޮޓްލައިންއަކާއި ޕޯޓަލްއެއް!




