
"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" - ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ހައިބަތު ދައްކާދޭނެ
# އެމްއެންޑީއެފް# ދިވެހި އަސްކަރިއްޔާ# ޑރ. މުހައްމަދު މުއިއްޒުފޮޓޯ: ރައީސް އޮފީސް
"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ހައިބަތު ދައްކާދޭނެ އުޅަނދެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް މިހެން ވިދާޅުވީ އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޮމިޝަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވާ ހިލްމީ ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުންދާކަމަށެވެ. އަދި އެ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާޚިލީ ސަލާމަތަށްވެސް ފޯރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ސަރަހައްދީ އިން ހިމާޔަތްކުރުމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ އަމަލުތައް ހިންގާ އުޅަނދުފަހަރާއި ފަރާތްތަކާ ކުރިމަތިލުމަށާއި، ބޭރު ދުނިޔޭގައި ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި މިފަދަ އަސްކަރީ މަނަވަރުތަކުގެ ބޭނުންތެރިކަން މިއަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.
ހިލްމީ އިތުރަށް ވަނީ 1980 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނު ތަންފީޒުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށާއި އަދި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ދިފާއުކުރުމަށާއި ކުރިމަތިވާ ގޮންޖެހުންތަކަށް ފުރިހަމައަށް އިޖާބަދެވޭނެ ފަދަ އަސްކަރީ ގާބިލުކަމެއް ދިވެހި އަސްކަރިއްޔާގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މި މަނަވަރާއެކު ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.
ގުޅުންހުރި

"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" - ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ހައިބަތު ދައްކާދޭނެ

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު "އިމާދުއްދީން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ރައީސް، ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި




