logoEN
WAMCO TOP 1
ޕެންޝަން ފަންޑުން ފައިސާ ދައްކައިގެން ހައްޖު ކިޔުއަށް އެރޭނެ އިންތިޒާމް ހަމަޖައްސައިފި

ޕެންޝަން ފަންޑުން ފައިސާ ދައްކައިގެން ހައްޖު ކިޔުއަށް އެރޭނެ އިންތިޒާމް ހަމަޖައްސައިފި

# ޕެންޝަން ޤާނޫނު# ޕެންޝަނާ ބެހޭ ޤާނޫނު# ޕެންޝަން އޮފީސް# ހައްޖު# ހައްޖު ކޯޕަރޭޝަން

ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު، ހައްޖު ކިޔުއަށް އެރޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

THE TRAVELLER AD

މިއީ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން، ޙައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ނިންމި ނިންމުމާ ގުޅިގެން ހަމަޖެހުނު އިންތިޒާމެކެވެ.

ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުންޏަށް، ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ އަގުގެ %20 އެދޭ ފަރާތުން ދައްކާފައިވާނަމަ، ބާކީ %80 ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސޭނެއެވެ. މިއާއެކު، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވާ ކިޔުގެ ތަރުތީބުން ޖާގަ ރިޒާވްކޮށް، ޙައްޖު ކިޔުއަށް އެރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި އިންތިޒާމުގެ ދަށުން ޙައްޖު ކިޔުއަށް އެރޭނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށެވެ. އަދި ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2,000 ރުފިޔާ ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެކައުންޓުގައި ފައިސާ ހުންނަން ޖެހެއެވެ. ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ބެލެންސްގައި 336,000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާވެފައި ހުންނަން ޖެހޭނެއެވެ.

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރ އަޙްމަދު ސިނާން ވިދާޅުވީ، "ޙައްޖުގެ އުޅަކަން އާދުކުރުމަށް ޖާގަ ރިޒާވް ކުރެވޭނެ ގޮތް ހެދުމާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަދައި ފަންޑު އިންވެސްޓުކުރުމާ ހިންގުން ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައި" ކަމަށެވެ. އަދި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އިދާރީ އިންތިޒާމްތައް 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ފައިސާ ދޫކުރާއިރު، ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ބާކީ ހުރި އަދަދު ހިސާބުކުރެވޭނެއެވެ. އަދި ޕެންޝަން އުމުރު ހަމަވާ ފަހުންވެސް، އެފަރާތަކުން އެދިއްޖެނަމަ ޙައްޖަށް ދިޔުމަށްޓަކައި އެކައުންޓުގައިވާ ފައިސާ ބޭނުންކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައި، ޕެންޝަން އޮފީހާއި ސަރުކާރުގެ ޙައްޖު ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެއެވެ. މި ފައިސާ ދޫކުރުމުގެ މުއްދަތުތަކާއި އުޞޫލުތައް ކުރިއަށް އޮތް ތަނުގައި އެކުލަވާލާ ޤަވާއިދުގައި ބަޔާންކުރެވިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC