logoEN
WAMCO TOP 1
ޙައްޖު ކޯޕަރޭޝަނުގެ އައު އެމްޑީއާއި ވަޒީރު ބައްދަލުކުރައްވައި، ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކުރައްވައިފި

ޙައްޖު ކޯޕަރޭޝަނުގެ އައު އެމްޑީއާއި ވަޒީރު ބައްދަލުކުރައްވައި، ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

7/2/2026, 3:32:28 PM

# ހައްޖު ކޯޕަރޭޝަން

-

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު އައްޔަނު ކުރެވުނު އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޙަލީލް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

THE TRAVELLER AD

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ރަސްމީ ބައްދަލުކުރެއްވުމުގައި، ވަޒީރު ޑރ. ޝަހީމް ވަނީ އަލްއުސްތާޛް މުޙައްމަދު ފިރުޒުލްއަށް އެ މަޤާމަށް އައްޔަނު ކުރެވިފައިވާތީ ނުހަނު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ، ޙައްޖު ކޯޕަރޭޝަނުން މިހާރުވެސް ދެމުންގެންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިފައިވާ ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޙައްޖާއި އުމްރާގެ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ވެސް މަތިކޮށް، ކުންފުނީގެ ހިންގުން އިތުރު ހަރުފަތަކަށް ގެންދެވުމަށްޓަކައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވުމަށް އައު އެމްޑީއަށް ވަޒީރު އިރުޝާދު ދެއްވައި، އެކަމަށް ބާރުއެޅުއްވިއެވެ.

ޙައްޖާއި އުމްރާގެ އަޅުކަމަކީ ދިވެހި ރައްޔިތުންނާ ނުހަނު ގުޅިފައިވާ އަސާސީ ކަމަކަށް ވާތީ، ޚިދުމަތްތައް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ، ޙައްޖު ކޯޕަރޭޝަނުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމުގައްޔާއި، ކުންފުނިން ކުރިއަށް ރާވާފައިވާ އައު މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އައު މެނޭޖިންގ ޑިރެކްޓަރަށް އަރުއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC