logoEN
WAMCO TOP 1
ޖޫން މަހު ޑެންގޫ ޖެހިގެން ރިޕޯރޓް ކުރި އަދަދު މަދުވެއްޖެ

ޖޫން މަހު ޑެންގޫ ޖެހިގެން ރިޕޯރޓް ކުރި އަދަދު މަދުވެއްޖެ

# އެޗްޕީއޭ# ޑެންގީ ހުން

ޑެންގޫ މަދިރި

ޖޫން މަހު ޑެންގޫ ޖެހިގެން ރިޕޯރޓް ކުރި އަދަދު މަދުވެއްޖެއެވެ.

THE TRAVELLER AD

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މެއި މަހާ އަޅާބަލާއިރު، މި އަހަރު ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ މަދުވެފައެވެ. އެގޮތުން މޭ މަހު ޑެންގޫގެ 794 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މިއީ ކުރީ އަހަރުގެ މޭ މަހާ އަޅާ ބަލާ އިރު 358.96 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ޖޫން މަހު ރިޕޯޓުކޮށްފައިވަނީ 652 ކޭހެވެ. އެއީ ކުރީއަހަރުގެ މި މުއްދަތާ އަޅާބަލާއިރު 288.10 އިންސައްތައިގެ އިތުރު ވުމެކެވެ.

ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތެރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކަން ފާހަގަކޮށް، އެޗްޕީއޭއިން ވަނީ ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމަށާއި ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން. މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިތި އާލާވުމަށް މަގުފަހިވާކަން ހަނދާންކޮށްދީ، އެފަދަ ތަންތަން ސާފުކުރުމަށް އިސްކަން ދިނުމަށް އެދިފައި ވެއެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކަށް އިޝާރާތްކޮށް އެޗްޕީއޭ އިން ވަނީ އަރާމު ކުރުމުގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރުމުންވެސް ރައްކާތެރި ކޮށްދޭ ކަމަށާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ސޫޕް ފަދަ ތަކެތި ހިމެނޭ ކަމަށާއި ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުށަހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުކަން ފާހަގަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC