logoEN
WAMCO TOP 1
ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 22 ކޭސް ފެނިއްޖެ

ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 22 ކޭސް ފެނިއްޖެ

އަހުމަދު ޝުރާއު

logo

7/21/2026, 3:30:29 PM

# އެޗްޕީއޭ

-

މާލެ ސަރަހައްދުން ފާއިތުވި ހަފްތާގެ ތެރޭގައި ހިމަބިހީގެ (މީސަލްސް) ގެ 22 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

THE TRAVELLER AD

މިއާއެކު މި އަހަރުގެ މިހާތަނަށް ރިޕޯޓުކުރެވުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 166 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިމަބެހިޖެހުމުން ރައްކާތެރިވުމަށްޓަކައި މިހާތަނަށް 9,918 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަމާމެދު ޝައްކުވާނަމަ، ކަނޑައެޅިފައިވާ ވެކްސިން ސެންޓަރަކަށް ޒިޔާރަތްކޮށް ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބައްޔަށް މަގުފަހިވާފަދަ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުންނާއި ސަރަހައްދީ ސިއްހީ މަރުކަޒުތަކުން ތާވަލުކުރެވިފައިވާ ގަޑިތަކުގައި އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ސިއްހީ މައުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކުން ދޫކުރާ އިތުބާރު ހުރި މައުލޫމާތަށް އެކަނި ބުރަވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC