
-
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން އިތުރު 23 މީހަކަށް ހިމަބިހި (މީސަލްސް) ޖެހިފައިވާކަން އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އަލަށް ފެނުނު 23 ކޭސްއާއިއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 144 އަށް އަރާފައިވާ ކަމަށެވެ.
ސިއްހީ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ހިންގާ ޚާއްސަ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 7,100 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ނުހަނު އަވަހަށް ފެތުރޭ ނުރައްކާތެރި ބައްޔަކަށްވާތީ، އާންމު ރައްޔިތުން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންެންގެންދިއުމަށް ސިއްހީ ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
އަދި މި ބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ހުއްޓުވުމަށް އޮތް އެންމެ ފުރިހަމަ ވަސީލަތަކީ ވެކްސިން ކަމަށްވާތީ، ހިމަބިހީގެ ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.
ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ދުނިޔޭގައި ފާހަގަކުރެވިފައިވާ ކޮވިޑް-19، އެބޯލާ، ޓީބީ އަދި އިންފްލުއެންޒާ ފަދަ ބަލިތަކަށްވުރެވެސް މާ ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ބަލި ދިވެހިން އާންމުކޮށް ދަތުރުކުރާ އަވައްޓެރި އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކުގައިވެސް މިދުވަސްވަރު ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.


.jpg&w=3840&q=75)

