
ކ. ކާށިދޫއަށް މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް --- ފޮޓޯ: އަހުމަދު ރީހާން / ގާފު
ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާންމު ގޮތެއްގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
ސަމާލުކަމަށް: ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ، އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވެދަރ މޮޑެލްތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރަން ފަށާނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިހާރު މިއީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތެވެ. މި ނަކަތުގައި އާންމުކޮށް އުޑުމަތި ބަނަވެ، ވާރޭ ވެހުން ގިނަވާނެއެވެ. މި ދުވަސްވަރު ވައި ޖެހޭނީ ސީދާ ހުޅަނގުން ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި ވާރޭވެހޭ ނިސްބަތް އުޅޭނީ 3.49 އިންޗީގައެވެ.
މި ނަކަތަކީ މަސްވެރިކަން ރަނގަޅުވާނެ ދުވަސްވަރެއް ކަމަށް ބެލެވެއެވެ. އެގޮތުން މަސްއައިނުތައް ރަށްތަކާ ވަރަށް ކައިރިން ފެންނާނެ ކަމަށް ލަފާކުރެވެއެވެ. މި ނަކަތުގައި ޖުމްލަ އަވިދޭ ވަގުތުގެ ދިގުމިނަކީ 89 ގަޑިއިރެވެ.
ގުޅުންހުރި

ހުދު ސަމާލު: ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް އުދައެރުން އެކަށީގެންވޭ!

ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

މިއަދު ވެސް މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު





