logoEN
WAMCO TOP 1
އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކޮށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކޮށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

# މޫސުން# މެޓް އޮފީސް

16 ޖުލައި 2026 - ކ. ކާށިދޫއަށް ވިއްސާރަކުރަނީ -- ގާފު ފޮޓޯ: އަޙުމަދު ރީހާން

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.

THE TRAVELLER AD

މިހާރު ކުރަމުންދާ މޫސުމީ އަސަރުތަކާއެކު، ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވަނީ އުދަ އަރާފައެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރަމުންދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ބާނީތަކެއްގެ ސަބަބުންނެވެ. ނަމަވެސް، މި ދުވަސްވަރު ކަނޑުތައް އާންމު ގޮތެއްގައި ގަދަ ނޫން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމަށް ބަލާއިރު، ވެދަރ މޮޑެލްތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރަން ފަށާނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

މިއީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ވަރަށް ބަނަކޮށެވެ. ވާރޭ ވެހުން ގިނަ ވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑުއަކު 20.37 ކިލޯމީޓަރުގައެވެ. ވާރޭވެހޭ ނިސްބަތްއުޅޭނީ 3.49 އިންޗީގައެވެ. ޖުމްލަ އަވިދޭ ވަގުތުގެ ދިގުމިނަކީ 89 ގަޑިއިރެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިނުތައް ރަށްތަކާ ވަރަށް ކައިރިން ފެންނާނެއެވެ.

ކޮމެންޓް
ފަހުގެ
HDC