
ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި
# މޫސުން# މޫސުމާއިބެހޭ ގައުމީ އިދާރާ# ދިވެހި ފުލުހުންގެ ޙިދުމަތްފައިލް ފޮޓޯ
ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފައިވާތީ، ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކަނޑު ދަތުރަކަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ. އަދި މޫސުމީ އެލްރޓުތަކަށް ސަމާލުވެ، ޢަމަލުކުރުމަށް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައިވާއިރު، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރީ ރަނގަޅަށްތޯ ޔަގީންކުރުމަށާއި، ދަތުރުގެ ބައިވެރިން ލައިފް ޖެކެޓް އެޅުމަށް ފުލުހުން ވަނީ ބާރުއަޅާފައެވެ. ހަމައެއާއެކު، އުޅަނދުތަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، މުދާ އުފުލުމުގައި ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވުމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
ގުޅުންހުރި

ހުދު ސަމާލު: ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް އުދައެރުން އެކަށީގެންވޭ!

ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

މިއަދު ވެސް މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު




