
ވައިގަދަ ދުވަހެއް
މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހަވީރު 6:00 އާ ހަމައަށް ނެރުނު މޫސުމީ އެޑްވައިޒަރީގައި ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށެވެ.
ގުޅުންހުރި

މިއަދު ވެސް މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު

އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކޮށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފި




