logoEN
WAMCO TOP 1
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މާދަމާ ބާއްވަނީ

# މަޖިލިސް# ރައްޔިތުންގެ މަޖިލިސް

ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މާދަމާ ބާއްވަން ޝެޑިއުލްކޮށްފިއެވެ.

THE TRAVELLER AD

މަޖިލިސް އިދާރާ އިން މި ޖަލްސާ މާދަމާ އަށް ޝެޑިއުލްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ހަފްތާއެއް ވަނީ ވެފައެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ހަފުތާ ބުދަ ދުވަހުއެވެ.

ޖަލްސާތައް ކުރިއަށް ނުދާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފްތާ އެއްގެ ވެސް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް ބާއްވައެވެ. ނަމަވެސް މިދިޔަ ހަފްތާގެ އެއްކޮށް އެއްވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އަދި ޖަލްސާ ނުބޭއްވި ވަކި ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅޭ ގޮތުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވަނީ މަޖިލީހުގެ ޖަލްސާ ނުބޭއްވުމުގެ ސަބުބުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC