
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ރަސްމީ ޖަލްސާތައް ބާއްވަމުން އަންނައިރު، މިއަދުގެ ޖަލްސާ އެޖެންޑާ ނުކުރި ސަބަބެއް މަޖިލީހުގެ އިދާރީ މޭޒުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ މިއަދުގެ ޖަލްސާ ކެންސަލްކުރި ވަކި ސަބަބެއް ނާންގާ ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ޖަލްސާ ނުބާއްވާނެކަމުގެ މައުލޫމާތު މުއުތަބަރުކޮށް ލިބެމުން އަންނަކަމަށެވެ.
މަޖިލީހުގެ މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، ހާއްސަ ހާލަތެއް ދިމާނުވާ ނަމަ ނުވަތަ މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާ ނަމަ، ދައުރުގެ ތެރޭގައި ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެއެވެ.
މީގެ ކުރިން ވެސް، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް މަހަކަށްވުރެ ގިނަ ދުވަހަށް ދިގުދައްމާލައި، މެދުކަނޑާލާފައި އޮތެވެ.
ގުޅުންހުރި

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ހިތަދޫ ކޯޒްވޭ ނިންމައި، 2028 ގެ މެދުތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ- މިނިސްޓަރު




