logoEN
WAMCO TOP 1
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

# މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ# ރައްޔިތުންގެ މަޖިލިސް# ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން

އަމީޒާއާ މަޖިލީހުގެ ކޮމިޓީން އިންޓަވިއު ކުރަނީ: ފޮޓޯ/މަޖިލިސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

THE TRAVELLER AD

އަމީޒާއަށް ރުހުން ދިނުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އިސްތިއުފާ ދެއްވުމުންނެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ ފާތިމަތު އަމީޒާގެ އިތުރުން ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ ގެ ނަންފުޅެވެ.

މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މި ދެ ބޭފުޅުންގެ ނަން ދިރާސާކުރިއިރު، އަމީޒާއަށް 92.44 އިންސައްތަ މާކްސް ލިބިވަޑައިގެންނެވިއިރު، ހަލީމަށް ލިބިވަޑައިގަތީ 82.89 އިންސައްތަ މާކްސްއެވެ. ކޮމިޓީގެ ހުރިހާ މެންބަރުންވެސް ވަނީ މި ދެ ބޭފުޅުންނަކީވެސް މަގާމަށް ޝަރުތު ހަމަވާ ގާބިލު ބޭފުޅުންކަމަށް ނިންމާފައެވެ.

އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައިވާ އަމީޒާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ. އޭނާއަކީ ޓެކްސްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC