logoEN
WAMCO TOP 1
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ފްލަޔާސް އާއި އީއެން ފޯރިގަދަ ކުރިމަތިލުން އެއްވަރު

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ފްލަޔާސް އާއި އީއެން ފޯރިގަދަ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

7/26/2026, 4:39:28 AM

# ދިވެހި ކުޅިވަރު # އެމްޖީ ސްޕޯޓްސް ކުލަބު# ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026

އީއެން ފުޓްބޯޅަ ޓީމާއި ކުލަބު ފްލަޔާސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކާށިދޫގައި ކުރިއަށްދާ، ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ގެ ގުރޫޕް ބީގައި މިއަދު ހެނދުނު ކުލަބު ފްލަޔާސް އާއި އީއެން ފުޓްބޯޅަ ޓީމު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު އީއެންއަށް ގެއްލިއްޖެއެވެ.

THE TRAVELLER AD

މުބާރާތުގައި އީއެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެންޖީ ސްޓާޓިންގް އަތުން 5-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، މިއީ މުބާރާތުގައި ފްލަޔާސް ކުޅުނު ފުރަތަަމަ މެޗެވެ.

ކާށިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އީއެން ފުޓްބޯޅަ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އަރީޝް އެވެ.

ފްލަޔާސް އިން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޒައިން ޝުޖާއު އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އީއެން ފުޓްބޯޅަ ޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 52 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަސަން އިމްރާން އެވެ.

ފްލަޔާސް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގަައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ޝަހުދާން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީއެންގެ ހަސަން އިމްރާން އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އީންއެން ފުޓްބޯޅަ ޓީމަށް އެއްޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ފްލަޔާސް ގުރޫޕްގެ ދެވަނައިގައި އޮތްއިރު، ގުރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު އެންޖީ ސްޓާޓިންގް އާއި ދެކޮޅަށް ކުޅެ މެޗުން ތިން ލަނޑަށްވުރެ ކުޑަ ތަފާތަކުން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ފުރުސަތު ކުލަބު ފްލަޔާސްއަށް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC