logoEN
WAMCO TOP 1
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ސެމީގެ ފުރަތަމަ ޖާގަ އެމްޖީ ފުޓްބޯޅަ ޓީމުން ކަށަވަރުކޮށްފި

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ސެމީގެ ފުރަތަމަ ޖާގަ އެމްޖީ ފުޓްބޯޅަ ޓީމުން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

7/25/2026, 1:00:41 PM

# ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026# ދިވެހި ކުޅިވަރު # އެމްޖީ ސްޕޯޓްސް ކުލަބު

ޓީމު ނަމަވެސް އާއި އެންޖީ ފުޓްބޯޅަ ޓީމު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

ކާށިދޫގައި މިހާރު ކުރިއަށް "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026" ގައި މިއަދު ހަވީރު، ގުރޫޕް އޭގެ އެމްޖީ ފުޓްބޯޅަ ޓީމާއި ނަމަވެސް ވާދަކުރި މެޗު ފަސޭހަކަމާއެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގައި އެމްޖީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕީއެސްސީ އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިއީ މުބާރާތުގައި ޓީމު ނަމަވެސް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމްޖީ ފުޓްބޯޅަ ޓީމުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި އެމްޖީ ފުޓްބޯޅަ ޓީމުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެމްޖީ ފުޓްބޯޅަ ޓީމުގެ ޒަރިޕްބޮއޭވް ޖަމްޝީދު ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ބަޚުދިރޯވް ބޮބުރްނިރްޒޯ އަދި ޝަފްފާން ހަލީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޖީ ފުޓްބޯޅަ ޓީމުގެ އުޒުބަކިސްތާން ފޯވާޑް ޒަރިޕްބޮއޭވް ޖަމްޝީދު އެވެ.

މުބާރާތުގައި މާދަމާ ވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހެނދު 6:45 ގައި ކުޅޭ ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ކުލަބް ފުލަޔާސް އާއި އީއެން ފުޓްބޯޅަ ޓީމު ވާދަކުރާއިރު، މާދަމާ ހަވީރު، 16:00 ގައި ކުޅޭ ގުރޫޕް އޭގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕީއެސްސީ އިން ނުކުންނާނީ މިއަދުގެ މެޗުން ބަލިވި ޓީމު ނަމަވެސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC