logoEN
WAMCO TOP 1
ރެއިން ފެށިގެން ކާށިދޫއަށް ވިއްސާރަކުރަނީ

ރެއިން ފެށިގެން ކާށިދޫއަށް ވިއްސާރަކުރަނީ

# ކ. ކާށިދޫ# މޫސުން

26 ޖުލައި 2026 - ކ. ކާށިދޫއަށް ވިއްސާރަކުރަނީ -- ގާފު ފޮޓޯ: އަޙުމަދު ރީހާން

ކާށިދޫ، ދިވެހިރާއްޖެ: ރޭގެ ވަގުތުން ފެށިގެން މިރަށަށް މެދުނުކެނޑި ވާރޭވެހެމުން އެބަދެއެވެ.

THE TRAVELLER AD

މިރަށަށް އެންމެ ގަދަޔަށް ވާރޭ ވެހިފައިވަނީ ރޭ މެންދަމުގެ ވަގުތުގައެވެ. މިހާރުވެސް މިރަށަށް ދަނީ ކެރީގެ އަސަރު ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ވެދަރ މޮޑެލްތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރަން ފަށާނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިހާރު މިއީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތެވެ. މި ނަކަތުގައި އާންމުކޮށް އުޑުމަތި ބަނަވެ، ވާރޭ ވެހުން ގިނަވާނެއެވެ. މި ދުވަސްވަރު ވައި ޖެހޭނީ ސީދާ ހުޅަނގުން ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި ވާރޭވެހޭ ނިސްބަތް އުޅޭނީ 3.49 އިންޗީގައެވެ.

މި ނަކަތަކީ މަސްވެރިކަން ރަނގަޅުވާނެ ދުވަސްވަރެއް ކަމަށް ބެލެވެއެވެ. އެގޮތުން މަސްއައިނުތައް ރަށްތަކާ ވަރަށް ކައިރިން ފެންނާނެ ކަމަށް ލަފާކުރެވެއެވެ. މި ނަކަތުގައި ޖުމްލަ އަވިދޭ ވަގުތުގެ ދިގުމިނަކީ 89 ގަޑިއިރެވެ.

ކޮމެންޓް
ފަހުގެ
HDC