logoEN
WAMCO TOP 1
މިއަދު ފަށާ ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026ގައި ވީހާވެސް ގިނަ ބަޔަކު ޝާމިލުވުމަށް ކައުންސިލްގެ ދައުވަތު!

މިއަދު ފަށާ ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2026ގައި ވީހާވެސް ގިނަ ބަޔަކު ޝާމިލުވުމަށް ކައުންސިލްގެ ދައުވަތު!

# ކ. ކާށިދޫ# ކާށިދޫ ކައުންސިލް

ކ. ކާށިދޫ ކައުންސިލުން ގާފު އޮންލައިންނަށް އިންޓަރވިއުދެއްވަނީ --- ފޮޓޯ: އަހުމަދު ރީހާން/ ގާފު

ކާށިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ކާށިދޫ ކައުންސިލް ފުޓުބޯލް ޗެލެންޖް 2026" މިއަދު ހަވީރު ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށުމަށް ހަމަޖެހިއްޖެއެވެ. މިއީ އެ ކައުންސިލުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތުގެ ފަސްވަނަ އެޑިޝަނެވެ. މިއަހަރުގެ މުބާރާތް ހޯސްޓްކުރަނީ އެމްޖީ ސްޕޯޓްސް ކުލަބުގެ ފަރާތުންނެވެ.

THE TRAVELLER AD
މުބާރާތުގެ ފެންވަރު މަތިކުރުމާއި ސްޕޯޓްސް ޓޫރިޒަމް

ކާށިދޫ ކައުންސިލްގެ ރައީސް އަލްއުސްތާޛު ޞަބާޙް މުޙައްމަދު ގާފަށް ވިދާޅުވީ، މުބާރާތުގެ ފޯރިގަދަކޮށް ފެންވަރު ހިފެހެއްޓުމަށްޓަކައި އުސޫލުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. މި މުބާރާތުގައި ރަށުން ބޭރުގެ ކުޅުންތެރިންގެ އިތުރުން ރާއްޖޭން ބޭރުގެ 7 ކުޅުންތެރިން ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޞަބާޙް ވިދާޅުވި ގޮތުގައި މިއީ ސަރަހައްދީ ލެވެލްގައި މުބާރާތުގެ ފެންވަރު މަތިވެ، ކާށިދޫ ސްޕޯޓްސް ޓޫރިޒަމަށް ހުޅުވިގެންދިޔަ ދޮރެކެވެ.

މުބާރާތުގެ އޮނިގަނޑާއި ގްރޫޕްތައް

ޖުމްލަ 6 ޓީމު ވާދަކުރާ މި މުބާރާތް ބަހާލެވިފައިވަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭ ގައި ހިމެނެނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ އެމް.ޖީ ފުޓްބޯޅަ ޓީމާއި، އެސް.ޕީ ސްޕޯޓްސް ކްލަބްގެ އިތުރުން 'ނަމަވެސް' އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އީ.އެން އެފް.ޓީ، އެން.ޖީ ސްޓާޓިންގް އަދި 2023 ގެ ޗެމްޕިއަން ފްލަޔާސް އެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

undefined

އިންތިޒާމުތަކާއި މީޑިއާ

މުބާރާތުގެ ހުރިހާ މެޗެއް "ގާފު ސްޕޯޓްސް" މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މުބާރާތް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، ކައުންސިލުން ވަރަށް ގާތުން ކަންކަން ބަލަމުންދާނެ ކަމަށާއި، މުބާރާތް ނިމުމުން ހުށަހަޅާ ރިޕޯޓަށް ބަލައި ކުރިއަށް އޮތް އަހަރުތަކުގައި ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:50 ގައި ކާށިދޫ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތް ބަލާލުމަށް ވީހާވެސް ގިނަ ރައްޔިތުން ދަނޑަށް ވަޑައިގަތުމަށް ކައުންސިލް ރައީސް ވަނީ ދައުވަތު އަރުވާފައެވެ. މި މުބާރާތަށް މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކާށިދޫއަށް ޒިޔާރަތްކޮށްފައެވެ.

މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ގާފު ސްޕޯޓްސް" އިން މުބާރާތުގެ ހަބަރުތައް ގެނެސްދިނުމުގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މެޗް ފޯރި، ސަބްސްކްރިޕްޝަން އެމްވީ، އެން-ވެއާ، ށަވިޔަނި ޕްރިންޓާސް، ރައިވެރިނާ، ޔާސް ބައިޓްސް، ވައިބްސް ލައުންޖް، ކިންގޫ، އެޓޯލް ޑައިނަމިކްސް، ވެލާ އެކްސްޕްރެސް އަދި އާރެސް ފަދަ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއެކު މުބާރާތް ވަނީ ވަރަށް ބޮޑަށް ފުރިހަމަކޮށްފައެވެ. ކުރީގެ ޗެމްޕިއަނުންނާއި، ވާދަވެރި ޓީމުތަކުގެ އިތުރުން އަލަށް ނުކުންނަ ޓީމުތަކާއެކު، ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ވެގެންދާނީ ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މުބާރާތަކަށެވެ.

ކޮމެންޓް
ފަހުގެ
HDC