logoEN
WAMCO TOP 1
އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުގެ ވިއްސާރަ ދުވަސްތަކެއް ލައިގެންފި

އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުގެ ވިއްސާރަ ދުވަސްތަކެއް ލައިގެންފި

# މޫސުން

16 ޖުލައި 2026 - ކ. ކާށިދޫއަށް ވިއްސާރަކުރަނީ -- ގާފު ފޮޓޯ: އަޙުމަދު ރީހާން

ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރިއަށް އޮތް ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

THE TRAVELLER AD

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ވިއްސާރަ އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށެވެ. މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

undefined16 ޖުލައި 2026 - ކ. ކާށިދޫއަށް ވިއްސާރަކުރަނީ -- ގާފު ފޮޓޯ: އަޙުމަދު ރީހާން

ނަމަވެސް ވާރޭ ވެހި ކެރީގަނޑު އެރުމުގެ ތެރޭގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، އާންމު ގޮތެއްގައި ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިއްސާރަވެ ވިލާގަނޑު އަންނަ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފުސް (15 ޖުލައި އިން 28 ޖުލައިއަށް)

މިއީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ވަރަށް ބަނަކޮށެވެ. ވާރޭ ވެހުން ގިނަ ވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑުއަކު 20.37 ކިލޯމީޓަރުގައެވެ. ވާރޭވެހޭ ނިސްބަތްއުޅޭނީ 3.49 އިންޗީގައެވެ. ޖުމްލަ އަވިދޭ ވަގުތުގެ ދިގުމިނަކީ 89 ގަޑިއިރެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިނުތައް ރަށްތަކާ ވަރަށް ކައިރިން ފެންނާނެއެވެ.

ކޮމެންޓް
ފަހުގެ
HDC