logoEN
WAMCO TOP 1
ކަނޑުއޮތްގިރީގައި މިފްކޯގެ ޒަމާނީ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

ކަނޑުއޮތްގިރީގައި މިފްކޯގެ ޒަމާނީ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

އަހުމަދު ޝުރާއު

logo

7/13/2026, 4:48:02 PM

# މިފްކޯ

-

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

THE TRAVELLER AD

މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުޚާނާއަކީ ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މިއަދުން ފެށިގެން މި ކާރުޚާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައްވެސް ތައްޔާރުކުރަން ވަނީ ހަމަޖެހިފައެވެ.

އަދި މިއަދު ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނުގެ އައިސް އުފެއްދޭނެއެވެ.

މަސް ކައްކައި ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ މި ކާރުޚާނާ ހުޅުވާފައިވަނީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެންނެވެ.

ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފުގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށްފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކުރެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. އެރަށުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ މައި މަރުކަޒަކަށް ކަނޑުއޮތްގިރި ވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC