
މެކްސިކޯ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ސީދާ ނުރައްކަލެއް އަދި ނެތް!
# މޫސުމާއިބެހޭ ގައުމީ އިދާރާ-
މެކްސިކޯ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސްފި އެވެ.

މެކްސިކޯގެ ޗިއާޕަސްގެ ކަނޑުގެ ސަރަހައްދަށް 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަން ދިވެހިރާއްޖޭގެ މީޓިއޮރޮލޮޖިކަލް ސަރވިސްއިންވެސް ދާދި ދެންމެ އަކު ވަނީ ކަށަވަރުކޮށްދީފައި އެވެ.
އެއިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ބިންގހެލުން އައިސްފައިވަނީ މިރޭ ރާއްޖޭ ގަޑިން 19:48 ހާއިރުއެވެ.
މި ބިންހެލުން އައީ ވެރިރަށް މާލެ އާއި ގާތްގަނޑަކަށް 17,416 ކިލޯމީޓަރު ދުރުންނެވެ.
މެޓް އޮފީހުން ވަނީ މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދީފައި އެވެ.
އަދި މި ހާދިސާއާ ގުޅިގެން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ސުނާމީ އިންޒާރެއް ނުވަތަ ރައްކާތެރިކަމުގެ އެލާޓެއް ނެރެފައެއް ނުވެއެވެ.







