logoEN
WAMCO TOP 1
ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފި

# މޫސުން

މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

THE TRAVELLER AD

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި މަޑުވާނެ ކަމަށް ބެލެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތް ކަމަށްވާ އަހުލިހަ ނަކަތުގެ ދުވަސްވަރެވެ. މި ނަކަތުގައި އާންމު ގޮތެއްގައި އުޑުމަތި ބަނަކޮށް އޮތުމާއެކު ވާރޭ ވެހުން ގިނަވާނެއެވެ. މި ނަކަތުގައި ވައި ޖެހޭނީ ސީދާ ހުޅަނގުން ކަމަށާއި، ވައިގެ ބާރުމިން އެވްރެޖްކޮށް ގަޑިއަކު 20.37 ކިލޯމީޓަރުގައި ހުންނާނެ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ނަކަތުގެ ހިސާބުތަކަށް ބަލާއިރު، މި ދުވަސްވަރު ވާރޭވެހޭ ނިސްބަތް އުޅޭނީ 3.49 އިންޗީގައެވެ. އަދި ޖުމްލަ އަވިދޭ ވަގުތުގެ ދިގުމިނަކީ 89 ގަޑިއިރެވެ. މި ނަކަތަކީ މަސްވެރިކަމަށް ރަނގަޅު ދުވަސްވަރެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މަސްއައިނުތައް ރަށްތަކާ ވަރަށް ކައިރިން ފެންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC