މޫސުން ގޯސް ދުވަހެއް- ފޮޓޯ: ގާފު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރިފައިވާ ކަމަށެވެ.
ހެނދުނު 08:15 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް މެޓުން ވަނީ ސަމާލު ނެރިފަ އެވެ. އަދި މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެ އެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކަނޑުދަތުރުފަތުުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.







